logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޓީ ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ފޭސް 3 އިން 40،000 އަކަފޫޓުގެ ބިމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2025 - 05:13
ސިޓީ ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ފޭސް 3 އިން 40،000 އަކަފޫޓުގެ ބިމެއް

ހުޅުމާލޭގައި އަޅަން ފަށައި ނުނިމި ހުރި ސިޓީ ހޮޓަލުގެ ބަދަލުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ހުޅުމާލޭ ފޭސް 3 އިން ބިމެއް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ރޭ ހާމަކޮށްފިއެވެ.

ނަސަންދުރާ ހޮޓަލުގައި ރޭ ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މި މަޢުލޫމާތު ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. ޝިމާދު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަޅަމުން ދިޔަ ހޮޓާ ހުރި ބިން އެސްޓީއޯ އިން ދޫކޮށްލައި އެޗްޑީސީއާ އެކު އެއްބަސްވެވުނު އަގަކަށް ހުޅުމާލޭން ބިމެއް ހޯދާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ބިން އެސްޓީއޯއަށް ލިބުނު ކަމުގެ ސިޓީ ލިބިފައިވޭ. މިހާރު ކުރަމުން އަންނަނީ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ބިން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް," ޝިމާދު ވިދާޅުވިއެވެ.

އިތުރަށް ޝިމާދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެތިން ހަފްތާގެ ތެރޭގައި މި މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އަދި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ފޭސް 3 އިން އެ ކުންފުންޏަށް ލިބެނީ 40،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމެއް ކަމަށެވެ.

ހުޅުމާލޭގައި އެސްޓީއޯއިން ހޮޓަލެއް ހެދުމުގެ މަސައްކަތް ފެށީ 2008 ވަނަ އަހަރު އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކުގައެވެ. އެ ހޮޓަލުގެ އަމަލީ މަސައްކަތް ފެށުނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް، ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދުކުރުމަށްފަހު ކޮންޓްރެކްޓަރާ ދެމެދު މައްސަލަ ޖެހި މަސައްކަތް ހުއްޓުނެވެ.

މިދިޔަ 10 އަހަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ އެ ހޮޓާ ހިންގާނެ ފަރާތެއް ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން އެސްޓީއޯއިން ވަނީ އެ އިމާރާތް ދޫކޮށްލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ެއެސްޓީއޯގެ އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަން ފަށައިފިޚަބަރު | 4 ދުވަސް ކުރިންއެސްޓީއޯ ހޮޓާ، 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް 2 ގެ ބިމަކާ ބަދަލުކޮށްފިޚަބަރު | 12 ދުވަސް ކުރިން ޑެވޮންޑޭލަށް ޚާއްސަކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | މަހެއް ކުރިންއެސްޓީއޯ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ވިޔަފާރި | މަހެއް ކުރިން