logo
Bank of Maldives

Bank of Maldives

ވިޔަފާރި

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެފި

އައިޝަތު ނަޝާ
15 އޮކްޓޯބަރު 2025 - 10:03
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެފި

އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމަށް، ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ. މި ބާވަތްތައް މިވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައެވެ.

އަގުތައް ކަނޑައަޅާނީ އެވަގުތެއްގެ މާކެޓް ރޭޓްތަކަށް ބަލައިގެން ހެޔޮއަގުގައި ކަމަށާއި،އަދި މި ބާވަތްތަކުގެ އަގުތައް މާކެޓްގައި އުފުލުނަ ނުދީ ހިފަހައްޓާނެކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ސަރުކާރުން ދަނީ މިފަދަ ބާވަތްތަކުގެ އަގު މަރކެޓުގައި ވަރަށް ބޮޑަށް އުފުލި، އެކަމަށް ޙައްލު ގެނައުމަށް އެސްޓީއޯ މެދުވެރިކޮށް އެ ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.އެސްޓީއޯއިން ވަނީ ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުންވެސް މި ބާވަތްތައް ލިބެން ހުރިނަމަ، ގަންނާނެކަމަށް ބުނެފައެވެ.އެގޮތުން މިހާރު މާކެޓަށް ނެރެފާވާ ބާވަތްތަކުގެ ތެރޭގައި ޕެޝަން ފުރުޓް އަދި ޑްރެގަން ފްރުޓަކީ ހދ. އަތޮޅުގައި ދަނޑު ހައްދާ ރަށަކުން އެސްޓީއޯއަށް ގަންނަ ބާވަތްތަކެވެ.

މިވަގުތު މި ބާވަތްތައް ވިއްކަމުންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ ރީޓެލްކޮށް ނަމަވެސް ކުރިމަގުގައި ހޯލްސޭލްކޮށްވެސް ވިއްކަން ފަށާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އަތޮޅުތަކަށްވެސް ފޮނުވޭނެ ފަސޭހަ އިންތިޒާމުތަކެއް އެސްޓިއޯއިން ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ބާވަތްތައް ބާޒާރުގައި ހުސްނުވެ ހުންނާނެގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި ބާޒާރުގައި ދަމަޙައްޓާނެކަމުގެ ޔަގީންކަން ދެއްވާކަމަށާއި އެގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަްެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެފިވިޔަފާރި | 4 ގަޑިއިރު ކުރިންއެސްޓީއޯއިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެ ކުރުމަކީ އާންމު ވިޔަފާރިއަށް ވަނުމެއް ނޫން: ރައީސްޚަބަރު | މަހެއް ކުރިންއެސްޓީއޯ ހޮޓާ، 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް 2 ގެ ބިމަކާ ބަދަލުކޮށްފިޚަބަރު | މަހެއް ކުރިންއެސްޓީއޯ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ވިޔަފާރި | 2 މަސް ކުރިން