ޔަހޫދީންގެ ޖަލުތަކުން ދޫކުރި 4 މުސްލިމުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ


16 ފެބްރުއަރީ 2025 - 05:54
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީން ދޫކޮށްލުމުގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުން ދޫކުރި 369 މުސްލިމުންގެ ތެރެއިން 4 މުސްލިމަކަށް އިމަޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.
އިސްރާއީލާއި ހަމާސް އާ ދެމެދު ހަވަނަ ފަހަރަށް އަސީރުން ބަދަލުކޮށްފައިވާއިރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ 3 މީހުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި 369 ފަލަސްޠީނުގެ ރައްޔިތުން ވަނީ މިނިވަން ކޮށްފަައެވެ.ދޫކޮށްލެވުނު ފަލަސްތީނުގެ ރައްވެހިންގެ ތެރެއިން ހާލަތު ސީރިއަސް 4 މީހުން ހުޅަނގު އައްސޭރީގެ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެމީހުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުން ޔަހޫދީ ސިފައިންވަނީ އެމީހުން ދޫކޮށްލަންދެން އަނިޔާކޮށް، ފުރައްސާރަކޮށްފައެވެ.
މިނިވަން ކުރި ޤައިދީން ލައިގެން ތިބި ހެދުމުގައި ޔަހޫދީން އެ މީހުންގެ ދިދައިގައި ކުރަހާފައިވާ ތަރި ކުރަހައި އެކި ކަހަލަ ލިޔުންތައް ލިޔެފައި ވާތީ އެ ލިޔުންތައް ފޮރުވުމަށް އެ މީހުން ހެދުން ލައިގެން ތިބީ ނުބައި ފުށަށެވެ. ޔަހޫދީން ލިޔެފައިިވާ މެސެޖުތަކުގައި ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޙަމާސުން ދިން ޙަމަލާއަށް އިޝާރާތް ކޮށް އެ ކަން ހަނދާން ނުނެތޭނެ ކަމަށާއި އެ ކަމަށް މަޢާފު ނުކުރާނެ ކަމަށް ލިޔެފައި ވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް 48،239 މީހުން ޝަހީދުވެފައިވާއިރު، 111،676 މީހުންވަނީ ޒަހަމްކޮށްލާފައެވެ. ނަމަވެސް ޣައްޒާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު 61،709 އަށް އަރާނެއެވެ.
އިތުރު ލިޔުންތައް

ފަލަސްތީނުގެ ވޯލްޑް ކަޕް ޑްރީމް: ހަނގުރާމައިގެ ތެރޭގައި އުއްމީދުގެ އަލިކަމެއް
7 މަސް ކުރިން
އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ފަށާނެ : ހީނާ
7 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ އިތުރު 24 މީހުން ޝަހީދުކޮށްލައިފި
7 މަސް ކުރިން