logoEN
ޚަބަރު

ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ޤައުމެއް ކަމުގައި ބުނާނެ އެއްވެސް ފުރުޞަތެއް ނޯންނާނެ: ޝަހީމް

އާމިނަތު ސަފާއާމިނަތު ސަފާ

16 ފެބްރުއަރީ 2025 - 07:18

ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ޤައުމެއް ކަމުގައި ބުނާނެ އެއްވެސް ފުރުޞަތެއް ނޯންނާނެކަމުގެ ޔަޤީންކަން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.

ވަޒީރު މިފަދަ ޔަގީންކަން ދެއްވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ 4 ވަނަ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ހުރިހާ އެންމެންނަށްވެސް އިހްތިރާމްކުރާ، ސުލްޙައަށް ލޯބިކުރާ، އެހެން ދީންތަކަށްވެސް އަދުލުވެރިކަމުގައި އިހްސާންތެރިވާ، އެންމެނަށް އިހްތިރާމްކުރާ ޤައުމެއްކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އެއް ދީނަކަށް އެއް މަޒުހަބަކަށް ތަބާވާ ބައެއް. ހައްދުފަހަނައެޅުމާއި މިކަންކަމަކީ އާއްމު ކަމެއް ނޫން. ނަމަވެސް ފަކި ވަކި ފަރުދުންގެ މިފަދަ ކަންކަން ފެންމަތިވުމުން ގާނޫނީ ގޮތުންނާއި އިލްމީ ގޮތުން ފިޔަވަޅު އެޅިފައިވާނެ."

މިނިސްޓަރު ވިދާޅުވީ އިސްލާމީ އެހެން ގައުމުތަކުގައި ހައްދު ފަހަނައެޅުން ފަދަ މައްސަލަތައް އޮތް މިންވަރަށް އެފަދަ މައްސަލަތައް ރާއްޖޭގައި ނެތް ކަމަށާއި ރާއްޖޭގައި އިލްމީ ގޮތުންނާއި ގާނޫނީ ގޮތުން އެފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ފަރުވާކުރެވެމުންދާކަމަށެވެ.

"އެހެންވީމަ ދިވެހިރާއްޖޭގެ ނަން ކިލަނބުކޮށްލުމަށް ޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގައި އެގޮތަށް އެ ވާހަކަ ދައްކާ ފަރާތްތަކަށް އަޅުގަނޑުމެން ނަސޭހަތްތެރިވާން ޖެހޭނީ އެގޮތަށް އެކަން ނުކުރުމަށް. ހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމަށް ރާއްޖެއާ ބެހޭ ގޮތުން."

ޓެރެރިޒަމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ، ޓެރަރިޒަމުގެ ޙަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ދިވެހިރާއްޖޭގައްޔާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރުމެވެ. އަދި ދިވެހިސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުވައްސަސާތަކާ ވިލަރެސްކުރައްވައިގެން މިފަދަ ޙަރަކާތްތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން ޙައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަރުބިއްޔަތަށް އިސްކަންދީގެން އިސްލާމްދީނުގެ އުޞޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ރިސާލާގެ ނަމުގައި މިފަދަ މައްސަލަތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ޤައުމީ ފެންވަރުގެ ޕްރޮގުރާމެއް ހިންގަވަމުންނެވެ.

ކޮމެންޓް

871x217_placeholder