ހައްޖަށް ދިޔުމަށް ކުރާ ހޭދަ މި ދައުރުގެ ތެރޭގައި ކުޑަ ކުރެވޭނެ: ވަޒީރު


16 ފެބްރުއަރީ 2025 - 07:34
ދިވެހިރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ދައްކަމުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، މި ދައުރުގެ ތެރޭގައި އަގު ކުޑަކުރެވޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޙައްޖުގެ އަގު ތިރިކުރުމަށް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ހާއްސަ ތަސައްވުރެއް އެކުލަވާލައިގެން ކުރިއަށް ގެންދަމުންދާ ކަމަށާއި، މި ދައުރުގެ ތެރޭޣައި ޙައްޖުގެ އަގު ކުޑަކުރެވިގެންދާނެކަމަށެވެ.
ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ ކަންކަން ހަރުދަނާކޮށް ދައުލަތުގެ ޙައްޖު ކުންފުންޏަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށާއި، ދިވެހިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިއަހަރުގެ ތެރޭގައި 41 މަޝްރޫޢު ކުރިއަށްދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ނޮވެންބަރު 2023 އިން ފެށިގެން މިހާތަށް 96 މިލިޔަން ރުފިޔާ މިސްކިތްތައް ބިނާކުރުމަށާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ހޭދަކޮށްފައިވާކަމަށާއި މިސްކިތްތައް މަރާމާތު ކުރުމަށް 8 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ހޭދަކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދާ ބައެއްް މުހިއްމު މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރ. އުނގޫފާރު އިސްލާމިކް ސެންޓަރުގައި ކާޕެޓު އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިމޭނެކަމަށާއި، އިސްލާމީ މަރުކަޒުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
7 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
6 މަސް ކުރިން
ކޮންމެ ހުކުރު ދުވަހަކު ވަޒީރު ޝަހީމުގެ ތަފްސީރު ކުލާސްތަކެއް
6 މަސް ކުރިން