ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
.jpg&w=96&q=75)
11 ސެޕްޓެމްބަރު 2024 - 04:36

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރޭގައި މަރުވެފައިއޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ސިޓީގެ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެ ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭނާ އެ ސަރަހައްދުން ފެނުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި އެ ފަޅުން މަރުވެފައި އޮއްވައި ފެނުނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމުގައި ވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.