logo
Bank of Maldives

Bank of Maldives

ޚަބަރު

އަބްދުއްރަހުމާނުގެ ޖަނާޒާ މިއަދު މެންދުރު ނަމާދައްފަހު

ނުހާ އަޙްމަދު
24 ޖުލައި 2025 - 04:53
އަބްދުއްރަހުމާނުގެ ޖަނާޒާ މިއަދު މެންދުރު ނަމާދައްފަހު

މިމަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ޒަހަމްކޮށް މަރާލާފައިވާ، އެރަށު އޯކިޑްމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޖަނާޒާ މިއަދު ބާއްވަން ނިންމައިފިއެވެ.

އަބްދުއްރަހްމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބްދުއްރަހްމާނު މަރުވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވައި، މީހަކު އޭނާގެ ބޮލަށް ދިން އަނިޔާތަކެއްގެ ސަބަބުންނެވެ. އޭނާ މަރުވެފައިވަނީ އެ އަނިޔާތަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށެވެ.

އެ ރަހުމްކުޑަ މަރާ ގުޅިގެން އިތުރު ތަހުލީލުތަކަށް ފުލުހުން އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. ޕޯސްޓް މޯޓަމް ހެދުމަށް އެ ހަށިގަނޑު އިންޑިޔާގެ ޓްރެވެންޑްރަމްއަށް ފޮނުވާފައިވަނީ މި ދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސް މޮޗުއަރީއަށް ލައިފައެވެ.

މިހާތަނަށް އެ މައްސަލައިގައި ފުލުހުން ހާމަކުރީ، އޭނާގެ އަންހެނުންގެ ފޯނު ހިފެހެއްޓި ވާހަކަ އެކަންޏެވެ.

އެ މައްސަލައިގައި މިހާތަނަށް ވެސް ޝައްކުކުރެވޭ ގާތިލެއް ހުރިކަމުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 4 ދުވަސް ކުރިންއުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | މަހެއް ކުރިންތިލަފުށީގައި ލޮރީއެއްދަށުވެ މީހަކަށް ސީރިއަށް އަނިޔާތަކެއް ޚަބަރު | މަހެއް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާ އިން ވަކި ކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިން