logo
ޚަބަރު

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އިންޑިއާގެ ރައީސާ އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އާމިނަތު ޝަފާ
17 ފެބްރުއަރީ 2025 - 11:27
ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އިންޑިއާގެ ރައީސާ އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އަލްފާޟިލާ އައިޝަތު އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާ ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމު ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ސަފީރު އަޒީމާ، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވިއެވެެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރިއެވެ. ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު އެކަމަނާ ފާހަަގަކުރެއްވިއެެވެ.

މި އަހަރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އަދި އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ އައުޓް ޓީޝާޓް ނުލަން، ލައިގެން ހުރީ މިނިވަންކަމުގެ ދިފާއުގެ ޓީޝާޓް: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ވަރުގަދަ: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންއިސްރާއީލުގެ ޣައްޒާ ހިފުމުގެ ޕްލޭނަކީ ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން : ދިވެހި ސަރުކާރު ޚަބަރު | 13 ދުވަސް ކުރިންފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ފްރާންސުން ނިންމުމުން ރާއްޖެއިން މަރުހަބާކިޔައިފި ޚަބަރު | މަހެއް ކުރިން