logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ވަރުގަދަ: ވަޒީރު ހަލީލް

އައިމިނަތު މޫސާ
13 އޯގަސްޓު 2025 - 05:28
ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް - ފޮޓޯ / ރައްޔިތުންގެ މަޖިލީސް
ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް - ފޮޓޯ / ރައްޔިތުންގެ މަޖިލީސް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮތް ގުޅުމަކީ ގާތްކަމާއި، އަހުވަންތަކަމާއި އިސްލާމީ ނަމޫނާގެ ތެރެއިން ކުރިއަށްދާ ގުޅުމެއް ކަމަށް ޙާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ހަލީލް ވިދާޅުވީ ރާއްޖެއާއި ސައުދީއާއި ދެމެދު ބުރުއަރާނެ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށާއި، ގުޅުން އޮތީ ވަރަށް ވަރުގަދަ ކޮށް ކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވީ ރާއްޖެއާއި ސައުދީއާއި ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ދޭދޭ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމަކަށް ވުރެ ގާތް ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމަކީ މާތް އަހުވަންތަ، އިސްލާމީ އުސޫލުގެ މަތިވެރި ނަމޫނާގެ ތެރެއިން ކުރިއަށް ދާ ގުޅުންތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގައި ވެސް ސައުދީ ސަރުކާރާއި، ސައުދީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ދަނީ އެހީ ތެރިކަން ފޯރުކޮށްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކުގައި ވަރަށް ހާއްސަ ޝާމިކްކަމެއް ސައުދީ އަރަބިއްޔާގެ ފަރާތުން އެބަ އޮވޭ. ސައުދީ ސަރުކާރު ނިސްބަތްވާގޮތުންނާއި، އަދި ސައުދީ ފަންޑުން ނިސްބަތްވާ ގޮތުން ވަރަށް ހާއްސަ ސަމާލުކަމެއް ރާއްޖޭގެ ތަރައްގީއަށް ދެއްވާކަން އަޅުގަނޑު މިފުރުސަތުގައި ފާހަގަ ކުރަން. އެގޮތުން އެންމެ ފަހުން ހުޅުވިގެން ދިޔަ އެއާޕޯޓްގެ ޓާމިނަލުގައި ސައުދީ ފަންޑްގެ ވަރަށް ބޮޑު ހިއްސާއެއް އެކަމުގައި ވޭ، - ޙާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް

ވަޒީރު ވިދާޅުވީ މިސަރުކާރުގެ މި ކުޑަ މުއްދަތުގައި ސަރުކާރުގެ އިސްވެރިން ހަތް ފަހަރަށް ހަތް ބައްދަލުވަމަކަށް ސައުދީއަށް ވަޑައިގެންނަވައިފައިވާ ކަމަށާއި ނަމަވެސް ކުރީގެ އެމްޑީޕީގެ ސަރުކާރުގެ އިސްވެރިން ސައުދީއަށް ވަޑައިގަންފައިވަނީ އެންމެ ހަ ފަހަރު ކަމަށެވެ.

އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ހައްޖަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދާ ވަނީ ބައްދަލުކުރައްވާފައިވާ ކަމަށާއި، އެ ބައްދަލުކުރެއްވުމަކީ ވަރަށް ހާއްސަ ބައްދަލުވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ވަރަށް މުހިންމު މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދަވާފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައެއް ނުވާނެ: ވަޒީރު އާދަމް ނަޞީރުޚަބަރު | ދުވަހެއް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 4 ދުވަސް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކުރައްވައިފިޚަބަރު | 8 ދުވަސް ކުރިންބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 25 ދުވަސް ކުރިން