ގޮޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކަމަށް ކަނޑައަޅާދޭން އެދިއްޖެ


17 ފެބްރުއަރީ 2025 - 12:44
ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ޙުސައިންއެވެ.
ސްޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ ފުރަތަމަ އަޑުއެހުމުގައި އަލީ ހުސައިންގެ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވާންވާނީ އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެފަދަ ބަޔަކަށްކަމަށެވެ.
މީގެ އިތުރުން ރިޔާސީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލުކުރުމުން ސަރުކާރު ހިންގުމަށް ދުސްތޫރީގޮތުން އަންނާނެ އެއްވެސް ހުރަހެއް ނޯންނާނެކަމަށް މަހްފޫޒު ވަނީ ވިދާޅުވެފައެވެ.
އަލީ ހުސައިން ކޯޓުގައި އެދިވަޑައިގެންފައިވަނީ މި އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމާއެކު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލައަށް ތަދައްޚުލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓިކްސް އަށް ފުރުސަތު ދީފައިވެއެވެ.
ގާނޫނު އަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި ވަނީ މައިގަނޑު ފަސް އިސްލާހެއް ގެނެސްފައެވެ. އެއީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އައު ދެ ހާލަތު ހިމެނުމާއި، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށް ބަދަލުކުރުމާއި އަދި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ހިމެނުން ހިމެނެއެވެ.
މައްސަލަ ހުށަހަޅުއްވާ އަލީ ވިދާޅުވެފައިވަނީ ގާނޫނޫ އަސާސީއަށް ގެނައި 6 ވަނަ އިސްލާހަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާއާއި، އަށް ވަނަ މާއްދާ އާއި، 26، 75 އަދި 90 ވަނަ މާއްދާއާ ޚިލާފަށް އަދި މުޅި ގާނޫނު އަސާސީގެ އޮނިގަނޑާ ޚިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ސަބަބާ ހުރެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމަށް މާދަމާ ބާއްވަންވަނީ ހަމަޖެހިފައެވެ.
އިތުރު ލިޔުންތައް

ރައީސް ޔާމީނުގެ މައްސަލައިގާ އާހެކި ބަލައިގަތުމުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި
8 މަސް ކުރިން
ސަމާޙް މަރަން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާޠިލްކޮށްފި
7 މަސް ކުރިން
ޝަހުމް މަރަން ކުރި ޙުކުމް: އެންމެ ފަހު މަރުޙަލާގެ އަޑުއެހުންތައް ފަށަނީ
6 މަސް ކުރިން