logo
Bank of Maldives

Bank of Maldives

ޚަބަރު

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖޫން 2025 - 08:20
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ،.

އެ ކޮމެޓީން މި ނިންމުން ނިންމީ މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދެ ނަން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައެވެ. އޭގެ ފަހުން، ކޮމިޓީން ވަނީ މި ނަންތައް ދިރާސާކުރުމަށް މެންބަރުންނަށް އިތުރު ވަގުތު ދިނުމަށް ނިންމާފައެވެ.

މިއަދުގެ ބައްދަލުވުމުގައި، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވީ މި ދެ ބޭފުޅުންގެ ނަން ފާސްކުރަން ފެންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލީމާއި ހަމީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޤާބިލް އަދި ޝަރުތު ހަމަވާ ދެ ބޭފުޅުންނެވެ.

މި ދެ މަޤާމަށް މީހުން ހޯދުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބުނު ސަލީމާއި ހަމީދުގެ ނަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވެއެވެ.

ކޮމިޓީން މިހާރު ވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 23 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން