logo
Bank of Maldives

Bank of Maldives

ޚަބަރު

އަނަސްގެ މަރު: މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރަން އަމުރުކޮށްފި

އަޙްމަދު ޒަލީފް
22 ޖޫން 2025 - 12:41
އަނަސްގެ މަރު: މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރަން އަމުރުކޮށްފި

ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތް މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. 

އެމައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުން ދެންމެ ނިންމީ މައްސަލައިގައި ހިމެނޭ ހަތް މީހުން ވެސް ބަންދުގައި ބައިތިއްބަން ޖެހޭ ކަމަށެވެ. މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަތް މީހުން ބަންދުގައި ބައިތިއްބަން ނުޖެހޭނެ ކަމަށް ރައުޔު ނެރުއްވީ ސުޖޫން އެވެ. އެމީހުން ބަންދުގައި ބައިތިއްބަން އަމުރު ކުރެއްވީ ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.

މައްސަލައިގައި ތަފާތު ރައުޔެއް ނެރުއްވި ފަނޑިޔާރު ސުޖޫންގެ ރައުޔުގައި ވިދާޅުވީ ކުށުގެ ޢަމަލުކުރި ނުވަތަ އެކަމުގައި ބައިވެރިވި ފަރާތްތަކަކީ، މި މައްސަލައިގައި އިސްތިޢުނާފު ރައްދުވާ ފަރާތްތައްކަން އެނގޭނެ ގޮތެއް ނެތް ހިނދު، ދަށު ކޯޓުން މައްސަލައިގައި ގޮތް ކަނޑައެޅުމުގައި ކުށްކުރި އަދި ކުށުގައި ބައިވެރިވި ފަރާތްތަކަކީ ކޮބައިކަން ނުވަތަ ކޮންބައެއްކަން ކަށަވަރު ނުވާކަމުގައި ކަނޑައަޅާފައި ވަނީ، ލީގަލް ޓެކްނިކަލިޓީއެއްގެ މައްޗަށް ކަމުގައި ނުވަތަ ގޯހުން ޤާނޫނެއް ނުވަތަ ޤާނޫނީ އުސޫލެއް، ތަޠުބީނުކޮށް އެކަމުގައި ނުވަތަ އެހެންވެސް ސަބަބަކާ ހުރެކަމުގައި ވީނަމަވެސް، ކުށްކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ، ވާގިޢާއިމެދު ހައިކޯޓުގައި އޮތް އިސްތިޢުނާފީ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅުމަކާ ނުލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި އިސްތިޢުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބައިތިއްބަންޖެހޭ ކަމުގައި ނުދެކޭ ކަމަށެވެ.

ޤަސްދުގައި މީހަކު މެރުމުގެ ކުށަކީ މުޖުތަމަޢެއްގެ ހިނގާނެ އެންމެ ބޮޑު ކުށްކަމާއި، ކުށުގެ ޢަމަލު ހިނގާފައި ވަނީ ޖަމާޢަތް ހަދައިގެން އާންމު ތަނެއްގައި ކަމާއި ހަތަރު މީހަކުވެގެން އެއްފަހަރާ ތޫނު ހަތިޔާރުތަކަކުން ހަމަލަދީގެން މީހަކު މަރާލިކަމަށް ބެލެވޭއިރު މި ޢަމަލަކީ އަނިޔާވެރިކަން އިންތިހާއަށް އެކުލެވިގެންވާ ޢަމަލެއްކަން އެނގެން އޮންނަ ކަމަށް ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ބުނެފައި ވެއެވެ.

"ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ބުރޫއަރާނަމަ، ބަންދުން ދޫކޮށްލެވޭކަށް ނޯންނާނެ. މި ނިޒާމު ޤާއިމުކޮށްގެން، މި ހުރިހާ ކަމެއް މި ކުރަނީ، މުޖުތަމަޢުގެ ސަލާމަތާއި، އަމަންއަމާންކަމަށްޓަކައި. މުޖުތަމަޢުގެ ސަލާމަތާއި، އަމަންއަމާންކަމަކީ، އެންމެމަތީ މަޞްލަޙަތު. އެއަށް ބުރޫ އަރައި އެއްވެސް ކަމެއް ކުރެވިގެންނުވާނެ." ޙުކުގައި ބުނެފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 7 ދުވަސް ކުރިންއުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 މަސް ކުރިންއަނަސްގެ މަރު: މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރަން އަމުރުކޮށްފި ޚަބަރު | 3 މަސް ކުރިންސްޕްރީމް ކޯޓުންވެސް ޝަމްޢާން މިނިވަނެއް ނުކުރި ޚަބަރު | 3 މަސް ކުރިން