logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގެ ހުކުމް އިއްވުން މާދަމާ

އައިޝަތު ނަޝާ
30 މާރިޗު 2026 - 12:06
ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގެ ހުކުމް އިއްވުން މާދަމާ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް މާދަމާ އިއްވަން ތާވަލްކޮށްފި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ އެ ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސްގެ ގަރާރުގައި އޮތް ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ނިންމާލުމަށްފަހު އެ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރަށެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހުށަހެޅި އެހެން މައްސަލަތައް ބަލައިނުގަތުމަށް އޮތީ ނިންމައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގެ ހުކުމް އިއްވުން މާދަމާ ޚަބަރު | 2 ގަޑިއިރު ކުރިންސުޕްރީމް ކޯޓު މަސްްދުވަހުގެ ރިސެސް އަކަށްޚަބަރު | 4 މަސް ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 7 މަސް ކުރިންއުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 8 މަސް ކުރިން