logo
Bank of Maldives

Bank of Maldives

ޚަބަރު

ސުޕްރީމް ކޯޓު މަސްްދުވަހުގެ ރިސެސް އަކަށް

އާމިނަތު ޝަފާ
1 ޑިސެމްބަރު 2025 - 06:18
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ރިސެސްއަކަށް ސުޕްރީމް ކޯޓު ހިނގައްޖެ އެވެ.

ސްޕްރީމްކޯޓުން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 2025 ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، 2026 ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.

ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަޔަސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަން އެ ކޯޓުގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ސުޕްރީމް ކޯޓު ރިސެސްގައި އޮތަސް، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގައި ނިންމަންޖެހޭ މައްސަލަތައް ނިންމުމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމުގެ ބޭނުމުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ ބާރު ސުޕްރީމް ކޯޓަށް އޮވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕްރީމް ކޯޓު މަސްްދުވަހުގެ ރިސެސް އަކަށްޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 3 މަސް ކުރިންއުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 4 މަސް ކުރިންއަނަސްގެ މަރު: މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރަން އަމުރުކޮށްފި ޚަބަރު | 5 މަސް ކުރިން