logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕްރީމް ކޯޓުންވެސް ޝަމްޢާން މިނިވަނެއް ނުކުރި

އަޙްމަދު ޒަލީފް
18 ޖޫން 2025 - 11:40
ސްޕްރީމް ކޯޓުންވެސް ޝަމްޢާން މިނިވަނެއް ނުކުރި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފި އެވެ.

ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ޝަމްޢާންގެ މައްޗަށް ނެރެފައިވާ އަމުރު އެގޮތުގެ މަތިން ދަމަހައްޓަން ހުކުމް ކުރީ ސުޕްރީމް ކޯޓަށް ދާދިފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ. މައްސަލަ ބެއްލެވި ބެންޗްގައި ދެން ހިމެނިވަޑައިގެންނެވި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ރައުދު ނެރުއްވީ ޝަމްއާން ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.

ދެފަނޑިޔާރުންގެ އަޣުލަބިޔަތުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަށް ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަޠުބީޢު ކުރަންޖެހޭ މައިގަނޑަކީ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން އެފަދަ ސަބަބެއް ވުޖޫދު ނުހުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށް ކަމަށެވެ.

އެފަދައިން ބަލާބެލުމުގައި އެފަދަ ސަބަބެއް ވުޖޫދުވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ކަމުގައި ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ފަނޑިޔާރު ޝުޖޫން ވިދާާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަމަށް ބާރުދޭ ކަންކަން ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި އޮތީ ދައުލަތުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޝަމްއާނާއި ހެކިވެރިންނާ އޮތް ގާތް ގުޅުމެއް ވެސް ބުނެ ނުދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 5 ދުވަސް ކުރިންއުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 މަސް ކުރިންއަނަސްގެ މަރު: މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރަން އަމުރުކޮށްފި ޚަބަރު | 3 މަސް ކުރިންސްޕްރީމް ކޯޓުންވެސް ޝަމްޢާން މިނިވަނެއް ނުކުރި ޚަބަރު | 3 މަސް ކުރިން