logoEN
ޚަބަރު

4 ދުވަސް ތެރޭގައި 400 ވުރެ ގިނަ އުޅަނދު މާލެ މަގުތިން ޓޯވ ކޮށްފި

މަގުމަތީގައި ހުރި ސައިކަލް ޓޯވ ކުރަނިކޮށް -- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މަގުމަތީގައި ހުރި ސައިކަލް ޓޯވ ކުރަނިކޮށް -- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

19 ފެބްރުއަރީ 2025 - 06:04

4 ދުވަސް ތެރޭގައި 400 ވުރެ ގިނަ އުޅަނދު މާލެ މަގުތިން ޓޯވ ކޮށްފިއެވެ.

މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވަނީ މިމަހު 15ގައި ވަނީ ފަށައިފައެވެ.

މި މަސައްކަތުގެ ދަށުން އިއްޔެއާ ހަަމައަށް ޖުމުލަ 468 އުޅަނދު ވަނީ ނަގާފައެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަދު އަދި 3 ބައިސްކަލެވެ.

ފުލުހުން ވިދާޅުވީ މި މަސައްކަތަކީ މާލެ އަދި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި މިއީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށާއި ޕާކް ކުރާނެ ޖާގަ ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން އަންނައިރު ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގާފައެވެ.

ކޮމެންޓް

871x217_placeholder