logo
ޚަބަރު

އެފްޑީސީން ހުޅުމާލޭގައި އަޅާ 16 ޓަވަރެއްގެ ސްޓަރްކްޗާގެ މަސައްކަތް ނިމިއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 ސެޕްޓެމްބަރު 2024 - 07:39
އަމާން އުދަރެސްގެ ފްލެޓްތައް: މި ފްލެޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވަނީ ނިމިފައި -- ފޮޓޯ/ އެފްޑީސީ
އަމާން އުދަރެސްގެ ފްލެޓްތައް: މި ފްލެޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވަނީ ނިމިފައި -- ފޮޓޯ/ އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ޢިމާރަތްކުރަމުން އަންނަ "އަމާން އުދަރެސް"ގެ 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިންމައިފިއެވެ.

މިދިޔަ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ފެށި ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ އެފްޑީސީއާއެވެ. އެގޮތުން އެފްޑީސީން އިންޑިޔާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ޖުމްލަ 32 ޓަވަރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފްލެޓްތަކުގެ އަދާހަމަ އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެފްޑީސީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އިންޑިޔާގެ ކޭޕީއައިއެލް ނުވަތަ ކުރީގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ޢިމާރަތްކުރަމުންދާ "އަމާން އުދަރެސް"ގެ 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

 

އެ މަސައްކަތްތަކުގެ ތެރެއިން ބާކީ ހުރި 16 ޓަވަރުގެ މަސައްކަތް އެފްޑީސީން ހަވާލުކުރީ އެންބީސީސީއާ އެވެ. އެ ޓަވަރުތަކުގެ ވެސް ގިނަ ޓަވަރުތަކުގެ ސްޓްރަކްޗާ ވަނީ ނިމެން ކައިރިވެފައެވެ.

މިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޢިމާރަތްކުރަމުންދާ 32 ފްލެޓަށް، 4000 މީހުން ވަންނާނެއެވެ. އެމީހުންގެ ދާއިމީ ފްލެޓް ލިސްޓު މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 10 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 1202 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 21 ދުވަސް ކުރިންގުޅީފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފިޚަބަރު | މަހެއް ކުރިން