logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފި

ގުޅީފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފި

ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުުގެ ތެރެެއިން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮއްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ. އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ އަދަދު ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުރީ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައެވެ.

ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައިވަނީ 18 މެއި ގަ އެވެ.ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވި، އައު ޕްލޭނެއް އެކުލަވާލުމާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައި ވަނީ މެއި 30 ވަނަ ދުވަހު އުސްފަސްގަނޑުގަ އެވެ.މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލުވެ، ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން ވަނީ ބާތިލްވެފައެވެ.

އާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު، ރަޖިސްޓްރީގައި ސޮއިކުރުމުގެ އެޕޮއިންޓްމަންޓަށް ހާޒިރުވާއިރު، ގޯތި ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު، ޕަވާ އޮފް އެޓާނީގެ ދަށުން ނަމަ އެޓާނީގެ އަސްލު އަދި އައިޑީ ކާޑުގެ އަސްލު، އަދި ކުރިން ލިބިފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ އަސްލު ގެންދަން ޖެހެއެވެ. އެޕޮއިންޓްމަންޓްގެ ގަޑިއަށް ފަސް މިނެޓަށްވުރެ ގިނައިރު ފަސްވެއްޖެނަމަ ނުވަތަ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެއެވެ. އެޕޮއިންޓްމަންޓްގެ ތަފްސީލު "ހިޔާވެހި ޕޯޓަލް" އާއި އެސްއެމްއެސް މެދުވެރިކޮށް މިނިސްޓްރީން އަންގާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4000 ފްލެޓްގެ ނަރުދަމާ މަސައްކަތް ޓެސްޓިން މަރުހަލާގައިޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 1202 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންގުޅީފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފިޚަބަރު | 2 މަސް ކުރިން4000 ފްލެޓަށް މަހުގެ 10 ގެ ކުރިން ކުލިދައްކައިފިނަމަ 100 އިންސައްތަ ސަބްސިޑީ ލިބޭނެ: އެފްޑީސީޚަބަރު | 3 މަސް ކުރިން