logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފި

ކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފި

މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފިއެވެ.

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން މާލެއަށް ބަދަލުކޮށް އަހަރުވެފައިވާ ފަރާތްތަކަށް އޮތް އުސޫލަށްމިހާރުވަނީ ބަދަލެއް ގެނެސްފައޮ ކަމަށެވެ. އެގޮތުން މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިނަމަވެސް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ އެޕްލައި ކުރެވޭނެހެން ވަނީ ފޯމަށް ބަދަލު ގެނެސްފައެވެ.

އެވުޒާރާއިން ކުރި އިއުލާނެއްގައި ވަނީ "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީޚު އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިޔާ ޕްރޮގްރާމަކީ، ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުޞަތެކެވެ. ދެން ހިމެނެނީ، ސަރުކާރުން ހިންގާފަވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.

ސަރުކާރުން މިހާރުވަނީ، ސަރުކާރުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ"ގެ ޚާއްޞަ ސްކީމަށް އިތުރު ކެޓަގަރީއެއް އިތުރުކޮށްފައެވެ. އެގޮތުން ކެޓެގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ. އެއީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީޚަބަރު | 4 ދުވަސް ކުރިންގޯއްޗާއި ފުލެޓަށް އެދި ބައި ލައްކައަށް ވުރެ ގިނަ އެޕްލިކޭޝަން ޚަބަރު | 7 ދުވަސް ކުރިންބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު މިރޭ 2:00އާ ހަމައަށް!ޚަބަރު | 8 ދުވަސް ކުރިން