logo
Bank of Maldives

Bank of Maldives

ޚަބަރު

"ބޯހިޔާވަހިކަން އެންމެނަށް" ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މުޙައްމަދު އަފްރާޙް
13 އޭޕްރީލު 2026 - 18:54
 "ބޯހިޔާވަހިކަން އެންމެނަށް" ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

އެ މުއްދަތު ސުންގަޑީގެ ގޮތުގައި މީގެކުރިން ކަނޑައަޅާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އޭޕްރިލް 13 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އަދި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރު 31 މެއިގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން އަދި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ހައުސިންގ މިނިސްޓްރީން މި ފުރުސަތު ދެވަނަފަހަރަށް އިތުރުކުރީ، ހުރިހާ އެންމެންނަށް ވެސްބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | 17 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 24 ދުވަސް ކުރިންހިޔަވަހީ ފައިނޭންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ލޯނު ހަމަޖައްސައި ދީފިޚަބަރު | 25 ދުވަސް ކުރިންމާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފްލެޓު ލިސްޓު ޑިސެމްބަރުގައި، ތަންތަން ހަވާލުކުރަނީ 2028 ގެ އޯގަސްޓްގައިޚަބަރު | މަހެއް ކުރިން