logoEN
ޚަބަރު

ދިވެހި ދަޢުލަތުގެ އަޒުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުން: ހައިދަރު

އާމިނަތު ސަފާއާމިނަތު ސަފާ

20 ފެބްރުއަރީ 2025 - 07:14

ދިވެހި ދަޢުލަތުގެ އަޒުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހާއި ގުޅޭގޮތުން ދެއްވި ޚިތާބުގައެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިޖުތިމާޢީ އަދާލަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން، މި ދުވަސް ފާހަގަކޮށް، މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ދެއްވި ޚިތާބުގައި، އިޖްތިމާޢީ ޢަދުލަކީ ހަމައެކަނި ޚިޔާލެއް ނޫންކަމަށާއި، އެއީ ސުލްޙަވެރި ފާގަތި ޤައުމެއްގެ އަސާސްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ދިވެހި ދަޢުލަތުގެ އަޒުމަކީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު ދިވެހިރާއްޖޭގެ ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއި އެއްވަރަށް ތަރައްޤީކުރުންކަމަށެވެ.

މިނިސްޓަރ ޑރ. ޢަލީ ހައިދަރުގެ ޚިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެކުވެރިކަމާއެކު މަސައްކަތްކޮއްގެން، އިންސާފާއި، ހަމަހަމަކަމާއި، އަބުރުވެރިކަން ކޮންމެ މީހަކަށްވެސް ލިބިދެވޭނެ ދިވެހިރާއްޖެއަކާއި ދުނިޔެއެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

ކޮމެންޓް

871x217_placeholder