ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ބިދުޢައް ނޫން: ވަޒީރު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

21 ފެބްރުއަރީ 2025 - 12:05
ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ބިދުޢައް ނޫންކަމަށް ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖެގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާއީ އާދައެއް ކަމަށާއި އެއީ ދީނީ ގޮތުން ކުރާ ކަމަކަށް ނުވާތީ، އެއީ ބިދުޢައެއް ނޫން ކަމަށެވެ. އަދި އެކަމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާ ހިނދަކު އެކަމަކީ ޖާއިޒު ކަމެއް ކަމަށެވެ.
މިއާއެކު ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހާ ސާފުތާހިރު ކުރުމާއި، ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް ކަމަށެވެ. އަދި ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި، މަޢާފްކުރުމާއި ތައުބާވުމާއި، އަޅުކަމަށް ތައްޔާރުވުން ކަމަށް ވެސް ވަޒިރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވީ، ރަމަޟާން މަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
7 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
5 މަސް ކުރިން
ކޮންމެ ހުކުރު ދުވަހަކު ވަޒީރު ޝަހީމުގެ ތަފްސީރު ކުލާސްތަކެއް
5 މަސް ކުރިން