logo
ޚަބަރު

ގިނަ ވަގުތު ކިޔު ގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބީސީ ތަކަށް ލިބެންދެން ކުރިއަށް ގެންދާނަނެ

އައިޝަތު ދިޔާނާ އަލީ ރިޔާޒް
22 ފެބްރުއަރީ 2025 - 05:46
މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން
މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން

ދިގު ކިޔު އަށް ނޭރިޔަސް ކުރިއަށްއޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިޔު ގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބީސީ ތަކަށް ލިބެންދެން 28 ފެބްރުއަރީ ގެ ފަހުން ވެސް ކުރިއަށް ގެންދާނަނެ ކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ ކަމަށާއި މިރޭ 8.00 ން 12.00 ށް ތިރީގައިވާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މަސް ދަޅު ތަށް ދޫ ކުރުން އޮތީ މިފްކޯ ކޮމްޕްލެކްސް (މާފަންނު)، އެމް.ޓީ.ސީ.ސީ ސޯމިލް، ހެންވޭރު ދަނޑު، ގަލޮޅު ދަނޑު – ސެޓަޕް 1، ގަލޮޅު ދަނޑު – ސެޓަޕް 2، ގަލޮޅު ދަނޑު – ސެޓަޕް 3، ގަލޮޅު ދަނޑު – ސެޓަޕް 4، ސޯޝަލް ސެންޓަރު، ވިލިމާލެ – ވެމްކޯ ސައިޓް، ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ، ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)، ހުޅުމާލެ – ހިޔާ ޓަވަރު 10 އަދި ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް އިން ނެވެ.

މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގަނޑުގަޑީ ކިޔުގައި ގިނަ ވަގުތު ތިބެން ޖެހުނީތީ ހިތާމަކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މޭން ޕަވާ އިތުރުކޮށް އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުަރަމުން ދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާ ބަދަލުކުރެވޭނީ، ކަންތައްތައް ކުރާ ގޮތަށް ބަދަލު ގެނެވިގެން : ވަޒީރު އާދަމް ޝަރީފް ޚަބަރު | 2 މަސް ކުރިންމ. އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓިއެމް ގާއިމްކޮށްފިޚަބަރު | 3 މަސް ކުރިންކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުމަށް 'ރަށްވެހީންގެ ސައްލާ' ފޯރަމް ބާއްވައިފިޚަބަރު | 5 މަސް ކުރިން