logo
E-Platinum
ޚަބަރު

މ. އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓިއެމް ގާއިމްކޮށްފި

މ. އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓިއެމް ގާއިމްކޮށްފި

މުލަކަތޮޅު މުލަކާއި ވޭވަށާއި ނާލާފުއްޓާއި ކޮޅުފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.

މުަލަކަތޮޅުގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ގާއިމްކޮށްފައެވެ.

މ. މުލަކުގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މުލަކުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

ވޭވަށުގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ ވެސް އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ވޭވަށުގައި ވެސް ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

ނާލާފުށީގައި ވެސް އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އެވެ.
އެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އޭޓިއެމް ޚިދުމަތަކީ ނެތުމަކީ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމެއް ކަމަށެވެ.

ކޮޅުފުށީގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، ވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭމިނިސްޓަރ އާދަމް ޝަރީފް ޢުމަރު އެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކުން ރަށުގެ ރައްޔިތުންނަށް ލުއި ދިނުމަށް ކުރާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ މިފަދަ މަސައްކަތްތަކުގައި ކައުންސިލްތަކުެ ޒިންމާ ވަރަށް ބޮޑުކަން ފާގަކުރައްވާފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް މ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ދެމުން ދިޔައީ ހަމައެކަނި މުލީގައިކަމަށާއި އެހެންނަމަވެސް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރެވުނު މަސައްކަތާއި އެކު މިހާރު މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްވެފައިވާކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަފި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ތެރޭ 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާވެ ހަލާކުވެފައި ހުރި 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިންނަތީޖާ ބަދަލުކުރެވޭނީ، ކަންތައްތައް ކުރާ ގޮތަށް ބަދަލު ގެނެވިގެން : ވަޒީރު އާދަމް ޝަރީފް ޚަބަރު | 12 ދުވަސް ކުރިންއަނެއްކާ ވެސް ލުޔެއް: ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރު ނެގޭނެޚަބަރު | 15 ދުވަސް ކުރިން"ޓީމޫ ފަދަ އީކޮމާސް ވިޔަފާރީގެ މުޢާމަލާތްތަކަށް މަހަކު 33.7 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ"ޚަބަރު | 16 ދުވަސް ކުރިން