logoEN
ޚަބަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުމަށް 'ރަށްވެހީންގެ ސައްލާ' ފޯރަމް ބާއްވައިފި

ރަށްވެހީންގެ ސައްލާ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

ރަށްވެހީންގެ ސައްލާ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ސަގާފަތެއް އުފެެއްދުމަށް ޓަކައި، 'ރަށްވެހީންގެ ސައްލާ' ފޯރަމް ފަށައިފިއެވެ.

މިއަދު އއ. އުކުޅަހުގެ ކޮންވެންސް ސެންޓަރުގައި، ރަށްވެހީންގެ ސައްލާ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވައި ފައްޓަވައި ދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދްމް ޝަރީފް އުމަރުއެވެ.

މި މަޝްވަރާ ބައްދަލުވުމަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވާނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ. މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނާ، ނިކޮލަސް ޑޭވިޑް ލޯއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭޝިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވާމަންޓް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުން ފެށުމާއި ގުޅިގެން ވަޒީރު އާދަމް ޝަރީފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށެެވެ.

މިއާއެކު، މި ފޯރަމް ފެށުމާިއ ގުޅިގެން ވުޒާރާއިން ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދްމް ޝަރީފް ވިދާޅުވީ، މި މަޝްވަރާ ބައްދަލުވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އަދި އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމެއް ކަމަށެވެ.

ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް. އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން މި ނިޒާމު ހަރުދަނާކުރުމުގައި ޚާއްޞަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެ - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދްމް ޝަރީފް އުމަރު

3 ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ވަޒީރާއެކު ކުރިއަށް ގެންދާ ނެޓްވާކިން ބައްދަލުވުން ރޭ ވަނީ ބާއްވައިފައެވެ.

ރަށްވެހީންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި، ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، ޕަބްލިކް ޕާޓިސިޕޭޝަން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުން، އިފެކްޓިވް ކޮމިޔުނިކޭޝަން، ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް، ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން، އަދި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުއެވެ.

މާދާމާ ރޭގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ.

ކޮމެންޓް

871x217_placeholder