logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު - މިނިސްޓަރ

އަޙްމަދު ޒަލީފް
12 އޭޕްރީލު 2025 - 11:01
ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު - މިނިސްޓަރ

 ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދައިދިނުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ކައުންސިލްތަކަށް ތަޢުރީފްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އއ. އުކުޅަހުގައި ކުރިއަށްދާ "ރަށްވެހިންގެ ސައްލާ"ގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަދި ރައްޔިތުން ބޭނުންވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަންކަމަށާއި ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އއ. އުކުޅަހުގައި ކުރިއަށްގެންދިޔަ 'ރަށްވެހީންގެ ސައްލާ' ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އައު ނިޒާމެއް ނޫންކަމަށެވެ. އެހެންނަމަވެސް މި ނިޒާމަށް ގާނޫނީ ބާރުވެރިކަން ލިބިގެން ދިޔައީ ފެހި ގާނޫނޫ އަސާސީ ވުޖޫދުވެގެން އައިފަހުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ކައުންސިލްތަކުން ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މިހާތަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަަމަށެވެ. އެމަސައްކަތްތަކުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެފައިވާކަމަސާއި، މިހާރު މި ނިޒާމަކީ ރައްޔިތުން ބަލައި ގަންނަ އެއްޗަކަށް ވެފައިވާކަމަށެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުންކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރި އުފެއްދުންތައް އިތުރުކޮށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ: އާދަމް ޝަރީފުޚަބަރު | 4 ދުވަސް ކުރިންއެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންމަޑިފުށީ އިޚްތިޞާޞްގައި ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފިޚަބަރު | މަހެއް ކުރިން