logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ފިޠުރު ޢީދުގައިވެސް ރާއްޖޭގެ ބޮޑެތި ރަށްތައް ކުލަބޮކިން ދިއްލާލާނެ!

ޒިދާން މުޙައްމަދު
4 ޖެނުއަރީ 2026 - 05:05
މިއަހަރުގެ ފިޠުރު ޢީދުގައިވެސް ރާއްޖޭގެ ބޮޑެތި ރަށްތައް ކުލަބޮކިން ދިއްލާލާނެ!

މިއަހަރުގެ ފިޠުރު ޢީދުގައިވެސް ރާއްޖޭގެ ބޮޑެތި ރަށްތައް ކުލަބޮކިން ދިއްލާލާނެ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މި ފެށުނު 2026 ވަނަ އަހަރަށް މިނިސްޓްރީން ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ މިނިސްޓަރ މިއަދު ވިދާޅުވީ، މި ފަހަރުގެ ޢީދުގައި ވެސް އާބާދީ ބޮޑެތި ރަށްރަށުގައި ޢީދު ދިއްލުންތައް ދިއްލަން ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސިޓީތަކަށް ވެސް އީދު ލައިޓް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރު ބޮޑު އީދުގެ އުފާފާޅުކުރަން، މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރިއެވެ.

ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.

އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް އީދުގެ އުފާފާޅުކުރަން ލައިޓްތަކުން ދިއްލައެވެ. މިދިޔަ އަހަރުގެ ފިތުރު އީދު ފާހަގަކުރަންވެސް ސަރުކާރުގެ ހަރަދުގައި 65 ރަށެއް ވަނީ ދިއްލައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | 2 މަސް ކުރިން"ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އެޅެނީ ކުރީގެ ސަރުކާރުތަކުގެ ދަރަނީގެ ސަބަބުން"ޚަބަރު | 2 މަސް ކުރިންލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު އިތުބާރު ލިބިގެން: އާދަމް ޝަރީފްޚަބަރު | 3 މަސް ކުރިންއާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށްޚަބަރު | 3 މަސް ކުރިން