logo
Bank of Maldives

Bank of Maldives

ޚަބަރު

ދަނޑުވެރި އުފެއްދުންތައް އިތުރުކޮށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ: އާދަމް ޝަރީފު

އާމިނަތު ޝަފާ
19 އޮކްޓޯބަރު 2025 - 10:43
ދަނޑުވެރި އުފެއްދުންތައް އިތުރުކޮށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ: އާދަމް ޝަރީފު

ކާނާގެ ޔަޤީންކަމާއި ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު މިއަދު މި ވަނީ ކުޑަކުރަން ޖެހިފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން އިންތިޒާމުކޮށްގެން އިއްޔެ ހުޅުމާލޭގައި ބޭއްވި "ފެހި ދިރުން އެކްސްޕޯ" ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ އަދި ޤައުމެއްގެ ނިސްބަތުގައި އެ ޤައުމެއްގެ ޤައުމީ ސަލާމަތާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ދަނޑުވެރިކަން ކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ މުހިންމުކަން މިހާރު މި ވަނީ ކުރިއަށް ވުރެ ބޮޑުވެފައި ކަމަށެވެ.

''ކާނާގެ ޔަޤީންކަމާއި ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު މިއަދު މި ވަނީ ކުޑަކުރަން ޖެހިފައި. މި ކަމުގައި އެންމެ ކުރީ ސަފުގައި ތިބީ ހީވާގި ދަނޑުވެރިން އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތައް'' ވަޒީރު އާދަމް ޝަރީފު ޢުމަރު

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަން މިއަދު މިވަނީ ފުޅާވަމުންގޮސް ބިންކުޑަ ތަންކޮޅުގައި ވެސް ކާބޯތަކެތި އުފެއްދޭ ގޮތް ވެފައި ކަމަށެވެ. މިއަދު ރާއްޖޭގެ ބައެއް ގޭގައި އަމިއްލަ ބޭނުމަށް ފުދޭވަރަށް ވުރެ އިތުރަށް ފަތްޕިލާވެލީގެ ތަފާތު ވައްތަރުތަކާއި، މިރުހާއި އަދި މޭވާގެ ވައްތަރުތައް ބައެއް ފަރާތްތަކުން ހައްދާ ކަމަށެވެ. އެއީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ގަސްހެއްދުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފުރިހަމަކަމެއް ގެނެސްދޭ ކަމެއް ކަމަށެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރުގެ ވާހަކަފުޅުގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ބިމުގެ ޖާގައިގެ ދަތިކަމާއެކު ވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

ރައްޔިތުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ހުރިހާ ރަށަކީ ވެސް ބަގީޗާތަކުން ޒީނަތްތެރި ކުރެވިފައިވާ މާހައުލަކަށް ބަދަލުކޮށްލުމަށް ވަޒީރު ގޮވައިލެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރި އުފެއްދުންތައް އިތުރުކޮށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ: އާދަމް ޝަރީފުޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންމަޑިފުށީ އިޚްތިޞާޞްގައި ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފިޚަބަރު | މަހެއް ކުރިން