logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްޓީއޭގެ ދަށުން އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރުމަށް އެއްބަސްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2025 - 05:55
އެފްޓީއޭގެ ދަށުން އެންސިސްގެ މަހުގެ އުފެއްދުންތައް  ޗައިނާގެ ބާޒާރަށް ނެރުމަށް އެއްބަސްވެއްޖެ

ދިވެހިރާއްޖެ އާއި ޗައިނާ އާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާ އަށް އެކްސްޕޯޓު ކުރުމަށްޓަކައި، މި އެއްބަސްވުމުގައި ސޮއިކުރީ ބެއިޖިންގެ ޝިންގުއާންގް ޝޯ ކޮމާޝަލް މެނޭޖްމަންޓް ކުންފުންޏާ އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ އެފްޓީއޭގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާ މާކެޓަށް ގެންދިޔުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އަހަރުގެ ފެށުމުން އަމަލުކުރަން ފެށި އެފްޓީއޭގެ ދަށުން، ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓްކުރާ މަހުގެ ހުރިހާ ބާވަތަކަށް ޑިއުޓީ މާފުވާފުވާނެއެވެ. މީގެ ތެރޭގައި ތާޒާ، ފިނިކޮށްފައި އަދި ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސްދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެއެވެ.

ޗައިނާއަކީ 1.41 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއް އޮތް ޤައުމަކަށްވާއިރު މިހާބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދު ކުރިއަރާ ދުވެލި ހަލުއިވެގެންދާނެ ކަމެއްކަން އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުއަކަލްޗާއަށް ފަޅު ރަށް ކުއްޔަށް ދޫކުރަން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން އެލަވަންސާއެކު ތަމްރީނެއް ފަށަނީޚަބަރު | މަހެއް ކުރިންމަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢޫދީއާއެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންމަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން