logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި

ޝަހްޒާ މުހައްމަދު
10 ޖުލައި 2025 - 05:34
މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫހޮން ޔޮން އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްސަލަވެސް މަޝްވަރާ ކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވާގޮތުގައި، މި ބައްދަލުވުމުގައި ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަމާއި، ހުއްދަނެތި އަދި އުސޫލުން ބޭރުން ކުރާ މަސްވެރިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މި ސިނާއަތުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި!ޚަބަރު | 2 ދުވަސް ކުރިންރައީސް އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް އަޑުއެހި އެންމެ ފުރިހަމަ ބަޔާން: ވަޒީރު ޝިޔާމްޚަބަރު | 19 ދުވަސް ކުރިންމަސްވެރިންނަށް މިދިޔަ މަހު 40 މިލިއަން ރުފިޔާ ދޫކުރިޚަބަރު | 22 ދުވަސް ކުރިން2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކުރިއަށްދަނީޚަބަރު | މަހެއް ކުރިން