މިމަހުގެ މިހާތަނަށް މަސްވެރިންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި!
23 ފެބްރުއަރީ 2026 - 14:38
.webp&w=3840&q=75)
މި ފެބުރުއަރީ މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 21 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު 914،323ރ. (ނުވަ ލައްކަ ސާދަ ހާސް ތިން ސަތޭކަ ތޭވީސް ރުފިޔާ) ޖަމާކޮށްފައިވެއެވެ.

Ad by Hajj Corporation
މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 13،819،193.30ރ. (ތޭރަ މިލިއަން އަށްލައްކަ ނަވާރަ ހާސް އެއްސަތޭކަ ނުވަދިހަ ތިން ރުފިޔާ، ތިރީސް ލާރި) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 11،613،739.30ރ. (އެގާރަ މިލިއަން ހަ ލައްކަ ތޭރަ ހާސް ހަތް ސަތޭކަ ތިރީސް ނުވަ ރުފިޔާ، ތިރީސް ލާރި) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 747،484ރ. (ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތަރު ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ.
މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 1،457،510ރ. (އެއް މިލިއަން ހަތަރު ލައްކަ ފަންސާސް ހަތް ހާސް ފައްސަތޭކަ ދިހަ ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވިނަމަވެސް، މިސަރުކާރު އައިފަހުން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރެއެވެ.
މަސްވެރިކަމަށް ނުކުންނަ ދޯނިތައް އިތުރުވެ، މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށުމާއެކު މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ވަނީ ހަދާފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.


