logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޑޭޅި މަސައްކަތް ކުރައްވަމުން: ޕީއެންސީ

ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޑޭޅި މަސައްކަތް ކުރައްވަމުން: ޕީއެންސީ

ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކެނޑިނޑޭޅި މަސައްކަތް ކުރައްވަމުން ކަމުގައި ޕީއެންސީ އިން ބުނެފިއެވެ.

ވެރިކަންކުރާ އަދި ރައީސް ނިސްބަތްވެވަޑައުގަންނަވާ ޕާޓިން މިހެން ބުނީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އުވާލުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން ސަރުކާރަށް މަރުހަބާ ކިޔާ ނެރުނު ބަޔާނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި ބުނީ ރާއްޖޭގެ މަސްވެރިކަން ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި އެ ސިނާޢަތަށް ފަހިކަމާއި ކުރިއެރުން ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާފައިވާކަން ފާހަގަކޮށް އެމަނިކުފާނަށް ދިވެހި މަސްވެރިންގެ ނަމުގައި ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން މަސްވެރިން ބާނާ މަހަށް ރަނގަޅު، އެކަށީގެންވާ އަގެއް ހޯދައިދެއްވުމަށް ރައީސް މަސައްކަތް ކުރައްވާކަން ފާހަގަކޮށް އައު ބާޒާރުތަކުގައި ދިވެހި މަހާއި މަހުގެ އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ބުނެފައި ވެއެވެ. އަދި އެގޮތުން، އިނގިރޭސިވިލާތަކީ ރާއްޖޭން ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ކުރާ ގައުމު ކަމަށާއި އެ ޤައުމުގެ ސަރުކާރާ މަޝްވަރާކުރައްވައިގެން އެ ޤައުމުން ދިވެހި މަހުން ނަގަމުން އައި ޓެރިފް ނުނަގަން ނިންމުމަކީ ދިވެހި މަސްވެރިންނާއި މަސްވެެރި އާއިލާތަކަށް އަދި އެ ސިނާޢަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޕީއެންސީ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރަސްގެފާނާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ކުރެއްވި މަޝްވަރާތަކުގައިވެސް އެންމެ ބޮޑަށް އެދިވަޑައިގެންނެވީ އެ ޤައުމުން ދިވެހި މަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑައިދިނުމަށް ކަމަށެވެ. އަދި މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތާއި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތަކާއި މަސް އޮޑިފަހަރަށް ލޮނުން ގަނޑުފެން އުފައްދާ ނިޒާމު ގާއިމުކުރުމަށް މާލީ އެހީ ލިބޭގޮތް ހައްދަވައިދެއްވާ، މަސްވެރިކަމުގެ ސިނާޢަތުގެ މަޝްރޫޢުތައް ފައްޓަވައި، ދިވެހި މަސްވެރިކަން ޕްރޮމޯޓުކުރަން ވަކި ކުންފުންޏެއް އުފައްދަވައިދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޑޭޅި މަސައްކަތް ކުރައްވަމުން: ޕީއެންސީޚަބަރު | 2 ގަޑިއިރު ކުރިން ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންޢަބްދުﷲ ޖަލީލް ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 16 ގަޑިއިރު ކުރިންރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫކޭ އިން ޓެރިފް ކަނޑާލުމަކީ މަސްވެރިންނަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ޝިޔާމްޚަބަރު | 19 ގަޑިއިރު ކުރިން