logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެ

އަޙުމަދު ރަފީޢު
24 ސެޕްޓެމްބަރު 2026 - 10:11
ރައީސް ޑރ. މުހައްމަދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާމުކުރައްވަނީ
ރައީސް ޑރ. މުހައްމަދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާމުކުރައްވަނީ

އިންޑިއާ އިން ރާއްޖެ އަށް ދިނުމަށް ނިންމާފައިވާ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

އިންޑިއާގެ މަރުކަޒީ ބޭންކް — ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބުނި ގޮތުގައި ކްރެޑިޓް ލައިން ބޭނުންކުރެވޭ ގޮތް ހެދީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރެޑިޓް ލައިން ބޭނުން ކުރެވޭ ގޮތް ހަދާފައިވާތީ ވަކިވަކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ލިބޭނެ އެވެ.

އާރްބީއައި އިން ބުނެފައިވަނީ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ކޮންމެ މަޝްރޫއަކަށް މަދުވެގެން ފަސް ބިލިއަން އިންޑިއަން ރުޕީޒްގެ އަގުހުރި ވަކިވަކި އެއްބަސްވުންތަކެއް ގާއިމުކުރަން ޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ އެވެ.

ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން ފައިސާ ހަމަޖައްސައި މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތެރިން އަދި ހިދުމަތްތަކުގެ މަދުވެގެން 75 ޕަސެންޓް ހޯދަން ޖެހެނީ އިންޑިއާގެ ކުންފުނިތަކުން ނުވަތަ އެ ގައުމުގެ ސަޕްލަޔަރުންގެ އަތުންނެވެ. ބާކީ 25 ޕަސެންޓް މުދަލާއި ހިދުމަތް އިންޑިއާއިން ބޭރުގެ އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އެއްބަސްވުމުގެ ދަށުން ލިބެ އެވެ.

އާރްބީއައި އިން ބުނީ މި ކްރެޑިޓް ލައިންގެ ފައިސާ އެކްސްޕޯޓް ކުރުމުގެ މުއާމަލާތްތަކުގައި ދޭން ޖެހޭ އެޖެންސީ ކޮމިޝަންތައް ދެއްކުމަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އޭގެބަދަލުގައި ކޮމިޝަންތައް ދައްކަން ޖެހެނީ އެކްސްޕޯޓް ކުރާ ފަރާތްތަކުގެ އަމިއްލަ ފައިސާ ގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް އިންޑިއާއިން ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދީފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ގެންދަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީ އެ ގައުމަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަން ސާބިތުކޮށްދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | 17 ގަޑިއިރު ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | 18 ގަޑިއިރު ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | ދުވަހެއް ކުރިން