logo
Bank of Maldives

Bank of Maldives

ޚަބަރު

''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2026 - 17:28
''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''

ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އާ، އުއްމީދީ ބާބަކަށް ވަންނަމުންދާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އެއްބާރުލުން ދިނުމާއި އިންވެސްޓްމަންޓް އަދި ތަރައްގީގެ ބައިވެރިވުން ފުޅާކުރުމުގެ ފުރުސަތުތައް އިތުރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނިވާ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު ރައީސް މުއިއްޒު މި ހަފުލާއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީއެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދެ ގައުމުގެ މެދުގައި އޮތް އިސްލާމީ އެއް އީމާންކަމާއި، ހަމަތަކާއި، އިހުތިރާމާއި، އަޚުވަންތަކަމުގެ ފުން ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި، ހާއްސަކޮށް 2004 ގެ ސުނާމީ ކާރިސާއަށްފަހު ސައޫދީން ވެދެއްވާފައިވާ އަދި ދެމުންގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދު އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދުގެ ލީޑަރޝިޕްގެ ދަށުން އެ ގައުމަށް އައިސްފައިވާ ބޮޑު ބަދަލަށާއި، އިގުތިސާދު ސާމާނުކުރުމާއި، އީޖާދީ ކަންކަމާއި، ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ރައީސް ތައުރީފު ކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސް ދާއިރާއިން އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި "ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ރަސްމީކުރުން ފާހަގަކުރައްވަމުން، ރިޔާޟް އެކްސްޕޯ 2030 ގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓް އަދި ދެ ގައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސުލްހައާއި ހަމަޖެހުމާއި ފާގަތިކަން ގާއިމުކުރުމަށާއި، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސައޫދީ އަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

މި ހަފުލާގައި ސައޫދީ ސަފީރު ވަނީ ރައީސް މުއިއްޒަށް ހަނދާނީ ރަމްޒެއް އަރުވާފައެވެ. އަދި ދެ ގައުމުގެ ގުޅުމާއި ސައޫދީގެ ތަރައްގީ ދައްކުވައިދޭ ވީޑިއޯތަކެއްވެސް ދައްކާލާފައިވެއެވެ. މިއަހަރުގެ ސައޫދީ ގައުމީ ދުވަސް ފާހަގަކޮށްފައިވަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިއާރުގެ ދަށުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | ގަޑިއިރެއް ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | 2 ގަޑިއިރު ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | 6 ގަޑިއިރު ކުރިންރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ގުޅުމެއް: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން