logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރު

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2026 - 18:21
ރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރު

ދިވެހިރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދެއްވައިފިއެވެ. ސަފީރު މި ޔަގީންކަން ދެއްވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ވޭތުވެދިޔަ ދިގު މުއްދަތުގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ހިއްސާއެއް އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން، 1978 ވަނަ އަހަރުން ފެށިގެން ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖޭގެ އެކިއެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަފީރު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އަދި ޢުމްރާނީ ތަރައްޤީއަށް ހިންގި އެކިއެކި މަޝްރޫޢުތައް ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސަޢޫދީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، "ސަޢުދީ ވިޝަން 2030" ގެ ދަށުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ބޭރު ޤައުމުތަކުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ސަޢޫދީން ގެންގުޅޭ ޝައުޤުވެރިކަމަށް ސަފީރު އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ފަތުރުވެރިކަމާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން ރާއްޖޭގައި ސަޢޫދީގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދިއުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ސަޢޫދީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަމުން ހާމަވަނީ ދެ ޤައުމުގެ ގުޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ކަމުގައި ސަފީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | ގަޑިއިރެއް ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | 2 ގަޑިއިރު ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | 7 ގަޑިއިރު ކުރިންރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ގުޅުމެއް: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން