logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައީސް

އައިޝަތު އިނާޝާ
24 ސެޕްޓެމްބަރު 2026 - 12:59
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައިސް

ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފުރުޞަތުތަކާއި ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފައިން ވިދާޅުވީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ވިދާޅުވީ ދެ ޤައުމުގެ ބައިވެރިވުމުން ފުރުޞަތުތަކާއި، ފާގަތިކަމާއި، އުޖާލާ މުސްތަޤުބަލަކާ ދިމާލަށް ފާލަންތައް ބިނުކުރުން ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީ ސިޔާދަތީ ހަމަހަމަކަމާއި، ސުލްޙަވެރިކަމާއި އެކުގައި ކަން ފާހަގަކުރެއްވިއެވެ. އަދި 2025 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

އަދި ޗައިނާއިން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަމުގެ ތެރެއިން ޒަމާނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ބޯހިޔާވަހިކަމާއި، ޗައިނާ-މޯލޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) މެދުވެރިކޮށް ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ފުޅާވަމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސުލްޙައާއި، މަޝްވަރާއާއި، އަދި އެއްބާރުލުން ދިނުން މުހިންމުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކެބިނެޓުގެ ވަޒީރުންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާގެ އިތުރުން ދިވެހިރާއްޖެއާއި ޗައިނާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައިސް ޚަބަރު | 2 ގަޑިއިރު ކުރިންއިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | 21 ގަޑިއިރު ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | ދުވަހެއް ކުރިން