logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް މިދިޔަ މަހު 40 މިލިއަން ރުފިޔާ - ރައީސްގެ ވައުދުފުޅު ފުއްދަވާކަމުގެ ހެއްކެއް!

އިސްމާޢިލް ރާތިޢު
4 ފެބްރުއަރީ 2026 - 12:03
މަސްވެރިންނަށް މިދިޔަ މަހު 40 މިލިއަން ރުފިޔާ ދޫކުރި

ޖަނަވަރީ މަހު 236 ދޯންޏަކުން ކިރުވި މަހަށް 40.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޖުމްލަ 236 ދޯންޏަކުން 2454.34 ޓަނުގެ މަސް ކިރުވާފައިވެއެވެ. މި ދޯނިތަކަށް 40،396،111.60 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް، 10 ކިލޯއިން މަތީގެ ކަންނެލި، އަދި 15 ކިލޯއިން މަތީގެ ކަންނެއްޏެވެ. އެންމެ ގިނަ ފައިސާދޫކޮށްފައިވަނީ ކަޅުބިލަމަހަށެވެ.

ކަޅުބިލަމަސް:

Ad by Hajj Corporation

Ad by Hajj Corporation

• 199 ދޯނި
• 2301.73 ޓަނު
• ޖުމްލަ ފައިސާ: 36.9 މިލިއަން ރުފިޔާ

ކަންނެލި (10 ކިލޯއިން މަތި):

• 168 ދޯނި
• 80.45 ޓަނު
• ޖުމްލަ ފައިސާ: 1.6 މިލިއަން ރުފިޔާ

ކަންނެލި (15 ކިލޯއިން މަތި):

• 148 ދޯނި
• 72.16 ޓަނު
• ޖުމްލަ ފައިސާ: 1.8 މިލިއަން ރުފިޔާ

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވިނަމަވެސް، މިސަރުކާރު އައިފަހުން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރެއެވެ.

މަސްވެރިކަމަށް ނުކުންނަ ދޯނިތައް އިތުރުވެ، މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށުމާއެކު މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ވަނީ ހަދާފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް މިދިޔަ މަހު 40 މިލިއަން ރުފިޔާ ދޫކުރިޚަބަރު | 2 ގަޑިއިރު ކުރިން 19 މަސް ދޯންޏަކަށް، 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 10 ދުވަސް ކުރިންއިއްޔެ އެކަނި ވެސް 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ މަސްވެރިނަނަށް ދޫކުރިޚަބަރު | 13 ދުވަސް ކުރިން10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި، 20 ރުފިޔާއަށް ގަންނަން ފަށައިފިޚަބަރު | 14 ދުވަސް ކުރިން