logoEN
ޚަބަރު

ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގެ 19 ގައި

ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް -- ފޮޓޯ/ ޕީއެންސީ

ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް -- ފޮޓޯ/ ޕީއެންސީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

11 ސެޕްޓެމްބަރު 2024 - 09:21

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބް އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި އިންތިހާބަށް މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިމަތިލެވޭނެއެވެ.

މި އިންތިޚާބާއި ގުޅިގެން މައުލޫމާތު ދިނުމަށް ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމެންްޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، މި އިންތިހާބަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާޓީ މެންބަރުންނާއި، ދާއިރާގެ ރައީސުން އަދި ދާއިރާގެ ނައީބު ރައީސުންނާއި، ސްޓިއަރިން ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއް ކަމަށެވެ.

ފަލާހް ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށާއި، ނޮވެމްބަރު މަހުގެ ނިޔަލަށް ޕީއެންސީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ. އަދި މަސައްކަތް ކުރަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެމްބަރުން ހިމެނޭ ޕާޓީއަށް ވެގެން ދިއުން ކަމަށް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބަށް. އަޅުގަނޑުމެންގެ ޕާޓީވެގެންދާނީ މިއަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެންބަރުން ހިމެނޭ ޕާޓީއަކަށް ވެގެން ދިޔުން."، ފަލާހު ވިދާޅުވިއެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރެވޭނެއެވެ. އެގޮތުން 178 ރަށުގެ އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް އަދި ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސް އިންތިހާބުކުރާނެއެވެ.

މީގެ އިތުރުން ސިޓީތަކުން 32 ދާއިރާއަކުން ރަށު ރައީސް އަދި ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސަކުވެސް އިންތިހާބުކުރެވޭނެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder