logo
Bank of Maldives

Bank of Maldives

ޚަބަރު

2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް މުޢިއްޒު: އަބުދުއްރަޙީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2024 - 03:57
2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް މުޢިއްޒު: އަބުދުއްރަޙީމް

2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ވެސް ޓިކެޓު ލިބިވަޑައިގަންނަވާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވާނީ ވެސް މިހާރުގެ ރައީސް މުއިއްޒަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް މީގެ ކުރީން ވެސް ވަނީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަށްވަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ވާދަކުރަށްވާނެކަން އަދި ރަސްމީކޮށް ޢިއުލާން ނުކުރަށްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން ފުރުސަތެއް ނުދޭނަން: އަބުދުއްރަޙީމްޚަބަރު | 3 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | 13 ގަޑިއިރު ކުރިންގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންއާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | ދުވަހެއް ކުރިން