logo
E-Platinum
ޚަބަރު

ސާފު ވިލިމާލެ ރައްކާތެރި ވެށި ގެ ނަމުގައި ވިލިމާލެ ސާފު ކުރުމުގެ ހަރަކާތެއް

ހުސައިން ވަސީމް
22 ފެބްރުއަރީ 2025 - 13:35
ސާފު ވިލިމާލެ ރައްކާތެރި ވެށި ގެ ނަމުގައި ވިލިމާލެ ސާފު ކުރުމުގެ ހަރަކާތެއް

ރޯދަމަހަށް ރާއްޖޭގެ ރަށްތައް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން "ސާފު ވިލިމާލެ ރައްކާތެރި ވެށި" ގެ ނަމުގައި ވިލިމާލެ ސާފުކުރުމުގެ ހަރަކާތެއ ްމިއަދު ފަށައިފި އެވެ.

"ސާފު ވިލިމާލެ - ރައްކާތެރި ވެށި" މި ނަމުގައި ވިލިމާލެ ދާއިރާގެ މެމްބަރ މުޙައްމަދު އިސްމާޢީލް އިސްނަންގަވައިގެން ދައުލަތުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރަކާތުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މައްސައްކަތްތަކާބެހޭ ވުޒާރާއާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން ބައިވެރިވި އެވެ.

Screenshot 2025-02-22 184645.png

 

މިއަދު ހެނދުނު 9 އަކުން އިރުއޮއްސި 6 އަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި ވިލިމާލޭގެ ގިނަ ސަރަހައްދުތަކެއް ވަނީ ސާފު ކޮށްފަ އެވެ.އަދި ގޭބީސީތަކުގައި ހުރި ކުނިތައްވެސް ވަނީ އުކާލަފަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރ މުޙައްމަދު އިސްމާޢީލް ވިދާޅުވީ ވިލިމާލެ ސާފު ކުރުމަށް ބޭއްވި ހަރަކާތުގައި އާންމުކޮށް ރައްޔިތުން އެއްވެ އުޅޭ ތަންތަނާ ވިލިމާލޭގެ މަގުތަށް ސާފު ކޮށްފައިވާ ކަމަށެވެ. މި ހަރަކާތުގައި ވިލިމާލޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބުނު ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

Screenshot 2025-02-22 184715.png

 

ރޯދައަށް މުޅި ރާއްޖެ ސާފު ކުރުމުގެ ހަރަކާތް ފަށަފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިނަ ކުލާސްރޫމްތައް ހިމެނޭ ބޮޑު މިސްކިތެއް ވިލިމާލޭގައި އަޅަނީޚަބަރު | މަހެއް ކުރިންސާފު ވިލިމާލެ ރައްކާތެރި ވެށި ގެ ނަމުގައި ވިލިމާލެ ސާފު ކުރުމުގެ ހަރަކާތެއްޚަބަރު | 5 މަސް ކުރިންވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް މޭޔަރާ ހިއްސާކޮށްފިޚަބަރު | 6 މަސް ކުރިންވިލިމާލޭގައި މޫދަށްއެރި އުޅުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިޚަބަރު | 6 މަސް ކުރިން