logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް މޭޔަރާ ހިއްސާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖެނުއަރީ 2025 - 17:18
ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް މޭޔަރާ ހިއްސާކޮށްފި

ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއީލް، ވިލިމާލޭ ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް މާލެ ސިޓީ މޭޔަރ އާދަމް އާޒިމްއާ ހިއްސާކޮށްފިއެވެ.

މިކަންބޮޑުވުންތައް ހިއްސާކުރަމުން މެމްބަރު މުހައްމަދު އިސްމާއީލް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވިލިމާލޭ މަސްވެރިންގެ އެންމެ ބޮޑު ދެ ކަންބޮޑުވުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ވިލިމާލޭ ރައްވެހިންގެ އޮޑިދޯނިފަހަރާއި ޑިންގީފަދަ އުޅަނދުތަކުން ނަގާ ފައްތިޔާ ފީ ކުޑަކޮށް، ވިލިމާލޭ އޮޑިވެރިންނަށް ލުއިތަކެއް ހޯދައިދިނުމާއި، އެސްޓީއޯ މެދުވެރިކޮށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާ ޕެޓްރޯލް ޝެޑް އެޅުމުގެ ބިން އެސްޓީއޯއާ ހަވާލުކުރުން އަވަސްކުރުމާ ބެހޭގޮތުން މެމްބަރުވަނީ ވާހަކަދައްކަވައި، މޭޔަރާއި މަޝްވަރާކުރަށްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ވިލިމާލެއިން 24,000 އަކަފޫޓުގެ ބިމެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން 22 ފެބްރުއަރީ 2024 ގައި ފޮނުވާފައިވާ ސިޓީއާ ގުޅިގެން، މިކަން ލަސްވަމުންދާތީ މިކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ. އަދި ވިލިމާލޭގައި މަސްމާރުކޭޓެއްގެ ޚިދުމަތް ރައްޔިތުން ބޭނުންވާތީ، މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމުގައި މޭޔަރ އާދަމް އާޒިމް ވިދާޅުވިގޮތުގައި، ކުޑަ ލަސްވުމެއް މާޒީގައި ދިމާވިކަމުގައި ވީނަމަވެސް، މިހާރު މަޝްވަރާކުރެވުނު ކަންކަމުގެ ތެރެއިން ޕެޓްރޯލް ޝެޑްގެ ބިންވަނީ ކައުންސިލުން ފާސްކޮށް، އެސްޓީއޯއާ ހަވާލުކުރުމުގެ މަގުމަތީގައެވެ. އަދި ދެން ހުރި ބިންތަކުގެ ކަންކަންވެސް ލަސްތަކެއްނުވެ ނިމިގެންދާނެ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުމާއެކު މި ސަރުކާރާ ގުޅިގެން ބާރަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް : މުހައްމަދު އިސްމާއީލްޚަބަރު | 3 ގަޑިއިރު ކުރިންގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 17 ދުވަސް ކުރިން2028 ވެސް ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނެ: އެމްޕީ މުހައްމަދު އިސްމާއިލްޚަބަރު | މަހެއް ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | މަހެއް ކުރިން