"ޕީއެންސީގެ ކޮންގްރެސް އަށް ރަށްރަށުން ތައްޔާރުވާ މަންޒަރު އިދިކޮޅު ފަރާތްތަކަށް ހަޖަމެއްނުވޭ"
4 ސެޕްޓެމްބަރު 2026 - 12:57

އިދިކޮޅު ފަރާތްތަކުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅޭގޮތުން ދޮގު ވާހަކަތަށް ފަތުރަނީ، ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސް ގެ ކަންތައްތައް ވަރަށް އަމާން އޮމާންކަމާއެކު ކުރިއަށްދާތީ އާއި، އަދި ރާއްޖޭގެ އެކި ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކާއި މުޅި ރަށްތައް ތައްޔާރުވާ މަންޒަރު ފެނުނީމާ ހަޖަމް ނުވެގެން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ،ޕީއެންސީ އާ ބެހޭގޮތުން ދޮގު ވާހަަކަ ފެތުރުމަށް އިދިކޮޅުފަރާތްތަކަށް ފުރުސަތު ނުދޭނަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިންނާއި އަދި ރައްޔިތުންގެ ގާތަށް ގޮސްގެން ވެސް އެވާހަކަތަށް ޕީއެންސީގެ މެންބަރުން ދައްކަމުންދާ ކަމަށް އެނާ ފާހަގަ ކުރެއްވިއެވެ.

Ad by Hajj Corporation
"ދޮގު ވިއްކައިގެނެއް މިއަދަކު މި ޤައުމެއް ނުހިނގާނެ. އެ ޒަމާން ހިނގައްޖެ. އެ ބޭފުޅުން ލެޕްޓޮޕުން ޤައުުމު ހިންގާނަމޭ ބުނެ ވެރިކަން ދިނީމާ ދެން އެބޭފުޅުން ކަންކުރި ގޮތް ރައްޔިތުން އަދިވެސް ހަނދާން ހުންނާނެ. އެއީ އޮޅުވާލެވޭނެ ކަންކަމެއް ނޫން ރައްޔިތުން އެހާ ހަނދާން ބައްޔެއް ނުވާނެ. އެބޭފުޅުން އެ ހަދާ ދޮގަށް ވުރެ އަޅުގަނޑުމެން މިހަދާ ތެދު ވިއްކަން މާ ފަސޭހަވާނެ އަދި ރައްޔިތުން ޤަބޫލުވެސް ކުރާނެ" މުހައްމަދު އިސްމާއީލް
ވާހަކަ ނިންމާލަމުން މެމްބަރު ވަނީ މިހާރަށް ވުރެވެސް ބޮޑަށް ކޮންގްރެސް ގެ ފޯރި ރަށްރަށުގައި ކުލަގަދަ ކޮށް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

-01.jpg&w=3840&q=75)
