logo
Bank of Maldives

Bank of Maldives

ޚަބަރު

ކުންފުނިތަކަށް މީހުން އިތުރުކުރުމާއި ކޮމިޝަންތައް ހެދުމަކީ ގާތް މީހުންނަށް ލާރިދިނުމަށް އެމްޑީޕީން ފެށި ކަންކަން: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖުލައި 2026 - 17:49
ކުންފުނިތަކަށް މީހުން އިތުރުކުރުމާއި ކޮމިޝަންތައް ހެދުމަކީ ގާތް މީހުންނަށް ލާރިދިނުމަށް އެމްޑީޕީން ފެށި ކަންކަން: މުހައްމަދު އިސްމާއީލް

ސަރުކާރު ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން އައްޔަންކުރުމާއި، އެކި ނަންނަމުގައި ކޮމިޝަންތައް އުފެއްދުމަކީ ގާތް މީހުންނަށް ދައުލަތުގެ ފައިސާ ބެހުމަށް އެމްޑީޕީން ފެށި އަމަލެއް ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، މިއީ 2008 ވަނަ އަހަރު ވެރިކަން ބަދަލުވުމަށްފަހު އެމްޑީޕީން ރާވައިގެން ފެށި މަސައްކަތެއް ކަމަށެވެ. އަދި ނިމިދިޔަ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި އެކަނިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) 10,986 މުވައްޒަފުން ވައްދާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުހައްމަދު އިސްމާއީލް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރީ ކުންފުނިތަކުގެ ޕޭރޯލަށް ނުކަތާ ވަރަށް ކަމަށާއި، އޭގެ ސަބަބުން ކުންފުނިތައް ބޮޑުތަނުން ދަރަނިވެރިވެފައިވާ ކަމަށެވެ.

 "ކުންފުނިތައް ދަރަނިވެރިވެގެންދާ ހިސާބަށް ދިޔައީ. ދައުލަތުގެ ކުންފުނިތަކަކީ ލޭ ހޮޅިއެއް ފަޅައިގެން ގޮސް އޮންނަހެން، އަބަދުވެސް ދައުލަތުން ލާރި ދީގެން ހިންގާ ހިސާބަށް ދިޔައީމާ، ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް އިނާޔަތްތަކެއް ދީފައި އަމިއްލައަށް ވަކިވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި އުފެއްދި މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަން އަދި އޮމްބަޑްސްޕަރސަންގެ އޮފީހަށް ފާޑުވިދާޅުވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، އެ ތަންތަނުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކޮށްފައި ނުވާ ކަމަށެވެ. އެ ތަންތަނަކީ ހަމައެކަނި ވަކި ބަޔަކަށް މުސާރަ ދިނުމަށް ހެދި ތަންތަން ކަމަށާއި، ފާއިތުވި ދެ ދައުރުގައިވެސް އެމްޑީޕީން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްފައި ނެތްކަން ތާރީޚުން ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ފިކުރަށް މީގެ ކުރިން ލިބުނު އެންމެ ދައުރެއްގެ ތެރޭގައިވެސް ގައުމަށް ބޮޑު ތަރައްގީއެއް ގެނެސްދީފައިވާނެ ކަމަށާއި، އެކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީންގެ ވެރިކަމަށްވުރެ އަނިޔާވެރި، ޚުދުމުޚުތާރު ވެރިކަމެއް ނުދެކެން: މުހައްމަދު އިސްމާއީލްޚަބަރު | ގަޑިއިރެއް ކުރިންއިދިކޮޅުން އުޅެނީ ރައްޔިތުންނާއި ސަރުކާރު ދެމެދަށް ވަދެ ފަސާދަކުރަން: މުހައްމަދު އިސްމާއީލްޚަބަރު | 6 ދުވަސް ކުރިން"ޕީއެންސީގެ ކޮންގްރެސް އަށް ރަށްރަށުން ތައްޔާރުވާ މަންޒަރު އިދިކޮޅު ފަރާތްތަކަށް ހަޖަމެއްނުވޭ"ޚަބަރު | 8 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 14 ދުވަސް ކުރިން