logo
MPL

MPL

ޚަބަރު

އިދިކޮޅުން އުޅެނީ ރައްޔިތުންނާއި ސަރުކާރު ދެމެދަށް ވަދެ ތަން ފަސާދަކުރަން: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ސެޕްޓެމްބަރު 2026 - 02:56
އިދިކޮޅުން އުޅެނީ ރައްޔިތުންނާއި ސަރުކާރު ދެމެދަށް ވަދެ ފަސާދަކުރަން: މުހައްމަދު އިސްމާއީލް

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ސަރުކާރާ ދެމެދަށް ވަދެގަނެ ތަން ފަސާދަކުރަން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީ އިދިކޮޅުގައި އޮތް ދުވަސްވަރު ޕާޓީގެ ލީޑާޝިޕުން ތަހައްމަލުކުރި ދަތި އުނދަގޫ ދަނޑިވަޅުތަކުގެ ހަނދާންތައް އައުކުރައްވަމުން މެންބަރު ވިދާޅުވީ، 77،000 މެންބަރުންނާއެކު މިއަދު ޕީއެންސީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ އެންމެ ކުރީގައި ސާބިތުކަމާއެކު އޮތީ، ޕާޓީގެ ވެރިންނާއި ލީޑާޝިޕަކީ ރައްޔިތުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާތީ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ވެސް އިދިކޮޅުން އުޅެނީ ވެރިކަން ކުރާ ޕާޓީއާއި ރައްޔިތުންނާ ދެމެދަށް ވަދެ ތަން ފަސާދަކުރަން ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ވެރިން ވާހަކަ ދެއްކެވި ނަމަވެސް އެކަންކަމަށް ހައްލެއް ނުގެނެސް ވެރިކަން ނިންމާލި ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދައިދެމުންދާކަން ހިސާބުތަކުން ސާފުވާ ކަމަށް ވިދާޅުވިއެވެ.

"ހަގީގީ މާނައިގައި ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އަންނަ ރައީސުންގެ ވެރިކަންތައް މި ފެނިގެންދަނީ، ރައްޔިތުން ގަބޫލުފުޅުކުރައްވާ، މިއީ ހަގީގީ ވިޝަނަރީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަންކޮށް ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްޓަކައި މަސައްކަތްކުރައްވާ ލީޑަރުންނަކީ މިއީ، އެހެންވީމަ މި ޕާޓީ މިހާ ބޮޑުވެގެން މިދަނީ،" މެންބަރު ވިދާޅުވިއެވެ.

ކުރީގެ ވެރިންނަށް ފަސް އަހަރުގެ ދައުރެއް ދިނުމުން ވެސް ގައުމަށް ނުގެނެވުނު އިސްލާހީ ބަދަލެއް ދެން ގެނެވިދާނެތޯ ސުވާލު އުފައްދަވަމުން، މި ހުރިހާ ކަމަކަށް ބަލައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕާޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިކުރުމަށް މެންބަރު މުހައްމަދު އިސްމާއީލް ވަނީ ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 21 ދުވަސް ކުރިންޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފިޚަބަރު | މަހެއް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | މަހެއް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | މަހެއް ކުރިން