logo
MPL

MPL

ޚަބަރު

2013 އިން 2018 އަށް ހިނގައިދިޔަ ވެރިކަމަށްވުރެ އަނިޔާވެރި، ޚުދުމުޚުތާރު ވެރިކަމެއް ނުދެކެން: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ސެޕްޓެމްބަރު 2026 - 04:16
ޔާމީންގެ ވެރިކަމަށްވުރެ އަނިޔާވެރި، ޚުދުމުޚުތާރު ވެރިކަމެއް ނުދެކެން: މުހައްމަދު އިސްމާއީލް

2013 އިން 2018 އަށް ދިވެހިރާއްޖޭގައި ކުރިއަށްދިޔަ ވެރިކަމަށްވުރެ ވަކިން އަނިޔާވެރި އަދި ޚުދުމުޚުތާރު ވެރިކަމެއް ދެކެވަޑައިގެންފައި ނުވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެ ދައުރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން މުހައްމަދު އިސްމާއީލް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ހިމެނޭހެން އެ ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް، މަގާމުން ވަކިކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި ކަމަށެވެ. އަދި ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސިޔާސީ ގޮތުން ބަސްބުނި ހުރިހާ ސިޔާސީ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހައްޔަރުކޮށް ބޮޑެތި އަދަބުތައް ދިން ކަމަށާއި، ދެ ނައިބު ރައީސުން މަގާމުން ވަކިކޮށް އެތަނުން އެކެއްގެ ބުރަކަށިން ހަންނެގި ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި އެ ވެރިކަމަކީ ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގި ދައުރު ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، މި ހުރިހާ ކަމެއް ކުރައްވައިގެން ހުންނަވައި މިއަދު ނިކުމެވަޑައިގެން ރައްޔިތުންނަށް އޮޅުވާލަން “ހުދުކާފޫރަށް” ވާން ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް، އެ ދައްކަވާ އެއްވެސް ވާހަކައެއް އަޑުއަހާނެ ރައްޔިތަކު މިއަދު ދިވެހި ފަސްގަނޑުގައި ނެތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުއްގިރި މައްސަލައިގެ ހުކުމް މި މަހުގެ 29 އަށް ތާވަލުކޮށްފިޚަބަރު | 22 ދުވަސް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | މަހެއް ކުރިންޔާމީން މަސައްކަތް ކުރައްވަނީ ރައީސް މުޢިއްޒަށް އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ތަރައްޤީ ހުއްޓުވަން: ފަލާޙްޚަބަރު | މަހެއް ކުރިންމޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | މަހެއް ކުރިން