logo
ޚަބަރު

މަސްދަޅުކޭސް ނެގުމަށް "ރޯދަ ހަދިޔާ ޕޯޓަލް" ތައާރަފްކޮށްފި

ހުސައިން ވަސީމް
22 ފެބްރުއަރީ 2025 - 13:54
މަސްދަޅުކޭސް ނެގުމަށް "ރޯދަ ހަދިޔާ ޕޯޓަލް" ތައާރަފްކޮށްފި

ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމަށް "ރޯދަ ހަދިޔާ ޕޯޓަލް" ތައާރަފްކޮށްފި އެވެ.

ސަރުކާރުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ކޮންމެ ގޭބިސީއަކަށް ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް، މާލޭ ސަރަހައްދުގައި ބަހަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މިފްކޯ އާއި މާލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، މަސްދަޅު ނެގުމަށް މިއަދު ހަވީރު 6 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގޭނެ ކަމަށެވެ.

ދިގު ކިޔު އަށް ނޭރިޔަސް ކުރިއަށްއޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިޔު ގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބީސީ ތަކަށް ލިބެންދެން 28 ފެބްރުއަރީ ގެ ފަހުން ވެސް ކުރިއަށް ގެންދާނަނެ ކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

1- މިފްކޯގެ އޮފީސް ހުންނަ ސަރަހައްދު2- އެމްޓީސީސީ ސޯމިލް3- ވިލިމާލެ ވެމްކޯ ސައިޓް4- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން5- ހުޅުމާލެ، ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު

މި އަހަރު ވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަންޖެހެއެވެ.

ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާ ބަދަލުކުރެވޭނީ، ކަންތައްތައް ކުރާ ގޮތަށް ބަދަލު ގެނެވިގެން : ވަޒީރު އާދަމް ޝަރީފް ޚަބަރު | 2 މަސް ކުރިންމ. އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓިއެމް ގާއިމްކޮށްފިޚަބަރު | 3 މަސް ކުރިންކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުމަށް 'ރަށްވެހީންގެ ސައްލާ' ފޯރަމް ބާއްވައިފިޚަބަރު | 5 މަސް ކުރިން