logo
Bank of Maldives

Bank of Maldives

ޚަބަރު

އަންގާރަ ދުވަހު ހއ.ތަކަންދޫ އާއި މާރަންދޫ އަށް އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ހުސައިން ވަސީމް
23 ފެބްރުއަރީ 2025 - 15:52
އަންގާރަ ދުވަހު ހއ.ތަކަންދޫ އާއި މާރަންދޫ އަށް އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

އަންނަ އަންގާރަ ދުވަހުން ފެށިގެން ހއ.ތަކަންދޫ އަދި ހއ.މާރަންދޫ އަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައިވާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން  ބުނެފި އެވެ.

ހއ.ތަކަންދޫ އަދި ހއ.މާރަންދޫ އަށް އާރުޓީއެލް ފެރީގެ ހިދުމަތް ފަށްޓަވާނެ ކަމަށް ޖެނުއަރީ 25 ވަނަ ދުވަހު ރައީސް އެރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އާރްޓީއެލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ދެން ފެށުމަށް ހަމަޖެހިފައިވަނީ ރ އަދި ބ. އަތޮޅުގައެވެ. ރައީސް ވަނީ މި ދެ އަތޮޅުގައި މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ޚިދުމަތް ފަށާނެކަމަށް ވިދާޅުވެފަ އެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން  ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ވައުދުވެވަޑައިގެންފައިވާގޮތުގެ މަތިން، އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނައި، ފެބްރުއަރީ 25 ވަނަ ދުވަހުން ފެށިގެން މިދަތުރުތައް ފެށުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން އާރުޓީއެލްގެ ހިދުމަތް މީހުން ދިރިއުޅޭ 14 ރަށަކަށް މިހާރު އަންނަނީ ދެމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ނިމޭނެޚަބަރު | 13 ގަޑިއިރު ކުރިން10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް ކުޅިވަރު | 2 ދުވަސް ކުރިންށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | 5 ދުވަސް ކުރިންރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި ޚަބަރު | 7 ދުވަސް ކުރިން