logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑު މި އިނީ މިނިވަންކަމާ އެކު އެއްވެސް ހުރަހެއް ނެތް: އަބްދުއްރަހީމް

ހުސައިން ވަސީމް
24 ފެބްރުއަރީ 2025 - 06:23
އަޅުގަނޑު މި އިނީ މިނިވަންކަމާ އެކު އެއްވެސް ހުރަހެއް ނެތް: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނެވީ މިނިވަން ކަމާ އެކު ކަމަށް އެއްވެސް ކަމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީކާއިލް ވިދާޅުވީ މަޖިލިސް ރައީސްގެ ސިއްހީ ހާލުކޮޅުވެސް އިނގިލައްވާ ކަމަށާ މަޖިލީހުގައި ިއިންނެވީ ބަޑި ބައިދާފައި އިން ރައީސް އެއް ކަމަށެވެ. އެހިސާބަށް ވާހަކަ ދެއްކެވުމުން މަޖިލިސް ރައީސް ވަނީ މީކާއީލްގެ ވާހަކތައް ހުއްޓުވާ މަޖިލީހުގައި ހިނގަމުންދާ މައްސަލައަށް ބަހުސް ކުރެއްވުމާށް ތަކުރާރުކޮށް މީކާއީލް އަށް އަންގަވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިޅިހުގެ ރައީސްގެ މަގާމުގައި އިންނެވީ އެއްވެސް ހުރަހެއް ނެތި މިނިވަން ކަމާ އެކު ކަމަށެވެ.މަޖިލިސް ރައީސް ކަމަށް އިންތިހާބު ކޮށްދެއްވީ މަޖިލީހުގެ މެމްބަރުން ކަމަށާ އެއްވެސް ހުރަހެއް އެއްވެސް ކަމަކަށް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ގަލޮޅު އުތުރު ދާއިރާގެ މައިކު ބޭނުން ނުކުރެއްވުމަށް އެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަޅުގަނޑު މިއިނީ ހަމަ މިނިވަންކަމާ އެކީގަ މި ގޮނޑީގަ މި ގޮނޑިއަށް އަޅުގަނޑު އިންތިހާބު ކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން އަޅުގަނޑަކަށް އެއްވެސް ހުރަހެއް މިތާންގަ އެއްވެސް ކަމަކަށް ނެތް އެހެންވީމަ އެއްގޮތަކަށްވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރުގެ މައިކު ބޭނުން ނުކުރެއްވުން އެދެން

ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ގަލޮޅު އުތުރު ދާއިރާގެ މައިކު ބޭނުން ނުކުރެއްވުމަށް އެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކު، ރައީސާއި އަބްދުއްރަހީމް އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޢިއްޒު އާއި އަބްދުލްރަހީމާއި ދެމެދުގައި ނުތަނަވަސްކަން އޮތް ކަމަށާއި، މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކައެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ޕީޖީގެ ތެރޭގައި ނުހިނގާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އަދި ރައީސް އާއި އަބްދުއްރަހީމް އާއި އޮތް ގުޅުން ހީނަރު ނުވާކަމަށް މީގެ ކުރިން އަބްދުއްރަހީމްވެސް ވަނީ ވިދާޅުވެފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ އަބްދުއްރަޙީމް ބައްދަލުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކުރަން ގޮވާލައި މަގުތަކަށް ނުކުމެއްޖެޚަބަރު | 2 ދުވަސް ކުރިން