ކުޅުދުއްފުށީ މަރު: ޕޯސްޓް މޯޓަމް އަށް ހަށިގަނޑު ގެންގޮސްފި

11 ސެޕްޓެމްބަރު 2024 - 15:33

ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މާލެ ގެންދަން ހަމަޖައްސާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ، އެ ސިޓީގެ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ކުރީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފަޅުން މަރުވެފައި އޮއްވައި ފެނުނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމުގައި ވެއެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހުގީގުކުރަމުންނެވެ.