logo
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްBank of Maldives

Bank of Maldives

ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ، ސުޢޫދު އަދި މަހާޒް ސަސްޕެންޑުކޮށްފި

އާމިނަތު ޝަފާ
26 ފެބްރުއަރީ 2025 - 06:24
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ، ސުޢޫދު އަދި މަހާޒް ސަސްޕެންޑުކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފިއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާތީކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖުޑީޝަލް ސަރވިސް  ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ" ކަމަށް ބަޔާންކޮށްފައިވާކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

 މި މާއްދާއަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުއާ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 4 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފިޚަބަރު | 19 ދުވަސް ކުރިންޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 22 ދުވަސް ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 24 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީޚަބަރު | 2 މަސް ކުރިން